logoEN
Sto top
ބީއެމްއެލްގެ "ދިވެހީންގެ ބޭންކު - މުޅި ރާއްޖެ" އަށް ކެމްޕެއިން އިފްތިތާހުކޮށްފި

ބީއެމްއެލްގެ "ދިވެހީންގެ ބޭންކު - މުޅި ރާއްޖެ" އަށް ކެމްޕެއިން އިފްތިތާހުކޮށްފި

އަހުމަދު ޝުރާއު

logo

10/29/2025, 9:45:59 AM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕެއިން، "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު މިއަދު އިފްތިތާހުކޮށްފިއެވެ.

Wamco

މި ކެމްޕޭނަކީ ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވުމުގެ މަގުސަދުގައި އުފެއްދި ދިވެހީންގެ ބޭންކުން ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ކެމްޕޭނެކެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފު، އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަނީ 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ މަގުސަދަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބޭންކް އުފެއްދީ ހަމަ އެކަނި ކޮމާޝަލް ބޭންކެއްގެ ދައުރު އަދާކުރުމަށް ނޫންކަމަށާއި އޭގެ އިތުރުން ގައުމީ ތަރައްގީގައި އެހީތެރިވެވޭނެ ގޮތްތައް ހޯދައި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ބޭންކު އުފެއްދި މުހިންމު މަގްސަދެއްކަން ފާހަގަކުރެއްވިއެވެ. 'ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް' ކެމްޕޭނާއެކު މި މަގުސަދު ހާސިލުކުރުމަށް އިތުރު މަސައްކަތްކުރުމާއި، ބޭންކް އޮފް މޯލްޑިވްސް އަކީ ހަމައެކަނި މާލީ އިދާރާއެއްގެ ބަދަލުގައި ގައުމުގެ ތަރައްގީގެ ދަތުރުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. މިގޮތުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ޝަރީފް ވަނީ ދިވެހީންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލް އިން ހޯދާފައިވާ ހާއްސަ މަގާމް ފާހަގަކުރައްވާފައެވެ.

"ބޭންކް އޮފް މޯލްޑިވްސް ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށް، ގައުމުގެ މާލީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދީ ޒަމާނީ އަދި އީޖާދީ ބޭންކިންގ ހައްލުތައް ތައާރަފްކޮށްފައި. މި ބޭންކު ފާހަގަކުރެވެނީ މާލީ ދާއިރާގައި ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދޭ އިދާރާގެ ގޮތުގައި އެކަންޏެއް ނޫން. މިއީ ގައުމީ ފެންވަރުގައި ހުނަރުވެރިން ބިނާކުރުމާއި، ކުރިއެރުވުމަށް އެހީތެރިވާ ބޭންކެއްވެސްމެ." ޝަރީފް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC