
ބްރެޒިލްގެ އެންމެ ބޮޑު ގޭންގާއި ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް: ހަމަލާ ބަދަލުކުރުންތަކުގައި 60 އަށްވުރެ ގިނަ މަރު!
# ބްރެޒިލް-
ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކާއި ދެކޮލަށް ފެށި އޮޕަރޭޝަނެއްގައި ހަތަރު ފުލުހަކު ހިމެނޭ ގޮތަށް 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ރިއޯގެ ގަވަރުނަރު ކްލޯޑިއޯ ކާސްޓްރޯ އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ 60 އަށްވުރެ ގިނަ ކުށްވެރިން މި އޮޕަރޭޝަންގެ ތެރެއިން މަރުވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 81 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުން ގެންގުޅެމުންދިޔަ ހަތިޔާރު އަތުލައިގެންފައިވާ ކަމަށެވެ.
ރިއޯގެ ސަލާމަތީ ބާރު ތަކުން ބުނާގޮތުގައި މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޯގަނައިޒްޑް ކްރައިމްއާ ދެކޮޅަށް އޮޕަރޭޝަން ކޮންޓެއިންމަންޓްގެ ނަމުގައި ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަގްސަދަކީ ރިއޯ ޑި ޖެނީރޯ އަކީ ކުށްތަކާއި ދުރު ސިޓީއަކަށް ހެދުން ކަމަށް ރިއޯގެ ގަވަރުނަރު ކްލޯޑިއޯ ކާސްޓްރޯ ވިދާޅުވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސުލްހަވެރިކޮށް ކުރިޔަށް ގެންދިތުމަށް ފެށި މި އޮޕަރޭޝަން ހޫނުވެ ހަމަލާބަދަލުކުރުންތަކަށް ދިޔައީ ފުލުހުންނާއި ދެކޮޅަށް ކުށްވެރީން ހަމަލާދޭން ފެށުމާއި އެކުގައި އެވެ. އެގޮތުން ޝޫޓް އޮން ސައިޓު އޯޑަރެއް ނެރުނީ ގޭންގުތަކުން ފުލުހުންނާއި ދެކޮޅަށް ހަމަލާތައް ދޭން ފެށުމާއިއެކު މަޖުބޫރީ ހާލަތެއްގައި ކަމަށް ބްރެޒިލްގެ ސަލާމަތީ ބާރުތަކުން ބުނެއެވެ،
މި އޮޕަރޭޝަން ކުރިޔަށްދަނީ ކާމިޔާބު ކަމާއިއެކުގައި ކަމަށް ރިއޯގެ ގަވަނަރު ވިދާޅުވި ނަމަވެސް މިކަމަށް ބައިނަލަގްވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި އެވެ. ސަބަބަކީ މި އޮޕަރޭޝަން ވެގެން ގޮސްފައިވަނީ އެގައުމުގެ ތާރީހުގައި ވެސް ފުލުހުންގެ އޮޕަރޭޝަނެއްގައި އެންމެ މަރު ގިނަ އެއް އޮޕަރޭޝަނަށް ވުމެވެ.
މި އޮޕަރޭޝަންގެ މައި ޓާގެޓެއްގެ ގޮތުގައި ބްރެޒިލްގެ ސަލާމަތީ ބާރުތަކުން ނިންމާފައިވަނީ ރެޑް ކޮމާންޑްގެ ނަމުން ވެސް މަޝްހޫރު ބްރެޒިލް ގޭންގް ކޮމަންޑޯ ވަރމެލްހޯ އަށެވެ. ސްޓޭޓް ސަރުކާރުން ސިފަކުރި ގޮތުގައި އޮޕަރޭޝަން ކޮންޓެއިންމަންޓަކީ މިހާތަނަށް އެ ގްރޫޕަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަނެވެ.
"މި އޮޕަރޭޝަންގެ މަގުސަދަކީ ކޮމަންޑޯ ވަރމެލްހޯއާއި ދެކޮޅަށް މަސައްކަތްކޮށް ރިއޯ ޑި ޖެނީރޯ އާއި އެހެން ސްޓޭޓްތަކުގެ ޖިނާއީ ލީޑަރުން އަތުލައިގަތުން،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ގަވަރުނަރު ކާސްޓްރޯ ލިޔުއްވާފައިވެ އެވެ.
ކާސްޓްރޯ ވިދާޅުވީ އަންގާރަ ދުވަހު ފުލުހުންގެ ރޭޑްގައި 2،500 ވަރަކަށް އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި އާމަރޑް ވެހިކަލްތަކާއި ހެލިކޮޕްޓަރުތަށްވެސް ބޭނުންކޮށްފައިވާ ކަމަށެވެ.
ގުޅުންހުރި

ބްރެޒިލްގެ އެންމެ ބޮޑު ގޭންގާއި ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް: ހަމަލާ ބަދަލުކުރުންތަކުގައި 60 އަށްވުރެ ގިނަ މަރު!

ރަށުން ބޭރުގައި ބްރެޒިލް އިން އެކުއެޑޯ މޮޅުވިޔަނުދީ ހިފަހައްޓައިފި

ބްރެޒިލްގައި ބަހަކާއި ޓްރަކެއް ޖެހި 32 މީހުން މަރުވެއްޖެ





