logoEN
PNC TOP 3
ސްޓެލްކޯއިން ތުލުސްދޫގައި ގާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި

ސްޓެލްކޯއިން ތުލުސްދޫގައި ގާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި

އަހުމަދު ޝުރާއު

logo

10/28/2025, 3:08:03 PM

# ތުލުސްދޫ

-

ކ ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި އެވެ.

PNC MID 2

މި ހިދުމަތް ރަސްމީކޮށް އިފްތިހާހުކޮށްދެއްވީ މިހާރު ކ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުގެ ތެރެއިން މިއަދު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ކޮންސްތްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސްޓެލްކޯއާއި ހަވާލުކުރި މި މަޝްރޫއުގެ ދަށުން 200 ޓަނުގެ 2 RO ޕްލާންޓާއި 1400 ޓަނުގެ 2 RO ޓޭންކާއި 1200 ޓަނުގެ 1 RW ޓޭންކުގެ އިތުރުން17،336 މީޓަރުގެ ނެތްވަރކް ލައިނެއް ވަނީ އެރަށުގައި ގާއިމްކޮށްފައި އެވެ. 50،888،210.00 ދިވެހި ރުފިޔާ އަށް ސްޓްލްކޯއާއި ހަވާލުކުރި މި މަޝްރޫއު މިމަހުގެ 19 ވަނަ ދުވަހު ވަނީ ކޮމިޝަން ކޮށްފައި އެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި⁠ ⁠މި މަޝްރޫޢުގެ ދަށުން ފެނުގެ ޚިދުމަތް މިހާތަނަށް އެރަށުގެ 350 ގޭބިސީއަކަށް ފޯރުކޮށްދޭން ވަނީ ފަށާފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC