
-
ކ. ތުލުސްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނ،ް އޮނަރަބަލް ޢަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ތުލުސްދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 4000 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހަދާނެއެވެ. މީގެ އިތުރުން ކޮނުމާއި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅުގެ މަސައްކަތްތަކާއި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއި މޭސަނަރީ މަސައްކަތާއި ތަޅުންގަނޑު، ސީލިންގް އަދި ފާރުގެ ފިނިޝިންގ މަސައްކަތްތަކާއި މެކޭނިކަލް އަދި ކަރަންޓުގެ މަސައްކަތްތަކާއި ޕްލަމްބިންގ މަސައްކަތާއި ނަން ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މިއީ 5.34 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގުޅުންހުރި
ތުލުސްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ތުލުސްދޫ އަކީ އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ކާމިޔާބީ ދައްކުވައިދީފައިވާ ރަށެއް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދާދި އަވަހަށް ފެށޭނެ!

ސްޓެލްކޯއިން ތުލުސްދޫގައި ގާއިމްކުރި ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި

.gif&w=3840&q=75)



