logoEN
PNC TOP 3
ތުލުސްދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ތުލުސްދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

10/28/2025, 2:27:10 PM

# ތުލުސްދޫ

-

ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

PNC MID 2

ތުލުސްދޫ ހޮސްޕިޓަލުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުލުސްދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ތުލުސްދޫ ހޮސްޕިޓަލުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.

ފެންވަރު ރަނގަޅު އަދި ޒަމާނީ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތައް ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމުކޮށް، ފުރިހަމަ ޞިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އެއް އަމާޒެވެ. މި ގޮތުން ރާއްޖޭގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަޤު ފަހިކުރުމަށްޓަކައި ސަރުކާރުންދަނީ ޞިއްޙީ ދާއިރާގައި ގިނަ އިންވެސްޓްމަންޓް ތަކެއް ކުރަމުންނެވެ. މީގެ އިތުރުން ބަލި ޖެހުމުގެ ކުރިން، ބަލިން ރައްކާތެރިވުމަށް (ޕްރިވެންޓިވް ހެލްތު ކެއަރ) ގިނަ ފިޔަވަޅު ތަކެއް، ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ދަނީ އަޅަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC