
ދިއްފުށީ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި އިތުރު އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
# ރައީސް މުއިއްޒު-
ކ. ދިއްފުށީ ސްކޫލުގައި އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސް ޝަރަފުވެރިކޮށްދެއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އަރިހުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް އަދި އެ ދާއިރާގެ މެމްބަރާއި ރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫގެ ދަށުން ދިއްފުށީ ސްކޫލުގައި މަލްޓިޕާރޕަސް ހޯލާއި 4 ކުލާސްރޫމާއި ސައިންސް ލެބް އަދި ސެން ކުލާސްރޫމް ތަރައްޤީކުރުމަށް ވަނީ ނިންމާފައި އެވެ.
ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާއި އެވެ.
ގުޅުންހުރި

ފާދިއްޕޮޅާއި މާލެއަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި

ތުލުސްދޫގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ދިއްފުށީ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި އިތުރު އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި





