logoEN
Sto top
ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭ - ރައީސް

ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭ - ރައީސް

އަހުމަދު ޝުރާއު

logo

10/28/2025, 12:12:15 PM

# ރައީސް މުއިއްޒު

-

ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު އެ ރަށުގައި ޢަމަލީ ގޮތުން ފެށި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިއްފުއްޓަކީ ތޮއްޖެހިފައިވާ ބައިބޯ ރަށެއް ކަމުގައިވާތީ، އެ ރަށަށް ބިން އިތުރުކުރުމަކީ، އެ ރަށު ރައްޔިތުން އެތައް އަހަރެއްވަންދެން ކުރަމުންދިޔަ އުންމީދެއްކަމަށެވެ. އަދި މިއަދު ފެށި މަޝްރޫޢުގެ ދަށުން، ދިއްފުއްޓަށް 23 ހެކްޓަރުގެ ބިން އިތުރުކުރެވުމުން، ރަށުގެ ބިމުގެ ޖާގަ ގާތްގަނޑަކަށް ދެގުނައަށް އިތުރުވާނޭކަމަށާއި، އެއާއެކު، އެ ބިމަކީ، ބޯހިޔާވަހިކަމަށާއި، ރަށު ފަތުރުވެރިކަމަށާއި، އުމްރާނީ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނޭ މުހިންމު ވަސީލަތަކަށް ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަސައްކަތްތަކެއްވެސް ފައްޓަވައިދެއްވާފައެވެ. އެގޮތުން، ދިއްފުށީގައި ކުނި މެނޭޖުކުރާ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ދިއްފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އަދި އުމްރާނީ ވަސީލަތް ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދިއްފުށީގައި ޤާއިމުކޮށްފައިވާ ސްޓެލްކޯގެ އައު އިންޖީނުގެ މިއަދު ވަނީ، ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުންވެސް، ރަށުގައި އިތުރު މިސްކިތެއް ބިނާކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ސްޕޯޓްސް ފިޝިން ބޮއި އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭކަން ރައީސުލްޖުމްހޫރިއްޔާ މިއަދު އިޢުލާންކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗުމަސް ނިމުމުގެ ކުރިން އެ ރަށުގައި ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ފެށޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، ދިއްފުށީގައި ވޮލީބޯޅަ ކޯޓަކާއި، ހޭންޑްބޯލް ކޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތާކާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، ރަށުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ ބިނާރާއި ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު، ދިއްފުށީ ރައްޔިތުންނަށް ދެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC