logoEN
Sto top
"ފަންނީ އުފާ" މިފަހަރު ތުލުސްދޫގައި!

"ފަންނީ އުފާ" މިފަހަރު ތުލުސްދޫގައި!

އަހުމަދު ޝުރާއު

logo

10/28/2025, 9:59:20 AM

# ފަންނީ އުފާ

-

ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ "ފަންނީ އުފާ" މިއަހަރު ކ. ތުލުސްދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

Wamco

މި ހަރަކާތް ބޭއްވުމަށް ނންމާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:00އަށެވެ.

އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގައި ޒުވާން ފަންނުވެރިންގެ އެކި ހުނަރުތަކާއި ހަރަކާތްތައް ދައްކާލާނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.

ފަންނީ އުފާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ.

މި ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުގައި މިހާރު ނެތެމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC