
-
ކ. ދިއްފުއްޓަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ރަށުގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެ ހުޅުވައިފި އެވެ.

މި އިންޖީނުގެ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިހާރު ކ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުގެ ތެރެއިން މިއަދު ދިއްފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއުގެ ދަށުން އައު އިންޖީނުގެއަކާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އެއްގެ އިތުރުން އިންފާރު ރޭނުމުގެ މަސައްކަތް ވަނީ ކޮށްފައި އެވެ. މީގެ އިތުރުން އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްޤީކޮށްފައި އެވެ.
ސަންވިލް ޕވޓ ލޓޑ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުނީ މިއަހަރުގެ އޭޕްރިލް 30 ގައި އެވެ.
އެރަށުގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް) އެވެ. ނަމަވެސް އައު އިންޖީނު ގެއާއިއެކު މިހާރު އެރަށުގެ ކަރަންޓު ކެޕޭސިޓީއަކީ 7 މެގަވޮޓް (7،000 ކިލޯވޮޓް) އެވެ.
ގުޅުންހުރި

ތުލުސްދޫގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ދިއްފުށީ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި އިތުރު އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭ - ރައީސް





