logoEN
Sto top
ކާށިދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ކާށިދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

10/28/2025, 8:11:24 AM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ކާށިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ކާށިދޫ ޞިއްޙީ މަރުކަޒު އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ކާށިދޫ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން، ރަށުގެ ޞިއްޙީ މަރުކަޒުން ބައެއް ޚިދުމަތްތައް ނުލިބޭތީ އެކަމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް މެންބަރުން ހިއްސާކުރައްވާފައިވެއެވެ. އެގޮތުން ރަށުގެ ޞިއްހީ މަރުކަޒުން އެކްސްރޭ އަދި ސްކޭންގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ކައުންސިލްގެ ފަރާތުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ ޓޫރިޒަމް ވިލެޖް ތަރައްޤީކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC