logoEN
WAMCO TOP 1
ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދު ޝުރާއު

logo

10/28/2025, 8:05:24 AM

# ކ. ކާށިދޫ

-

ކ. ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

THE TRAVELLER AD

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފާމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބިންގާ އަޅުއްވައިދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ދާއިރަގެ މެންބަރު އަދި ކައުންސިލް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ސަބަބުން ކާށިދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވެ، ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކާށިދޫ ޞިއްޙީ މަރުކަޒުން އަންނަނީ 24 ގަޑިއިރު ޚިދުމަތް ދެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC