.jpg&w=3840&q=75)
-
ޅ ނައިފަރުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި އެވެ.
މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި ނައިފަރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވި ރައީސް މުޙައްމަދު ރަޝީދު އެވެ.
މީގެ ކުރިން އެރަށުގައި ކުނި މެނޭޖްކުރަމުންދިޔައީ ކައުންސިލްގެ ފަރާތުންނެވެ. ނަމަވެސް ރޭ ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއިއެކު އެރަށުގައި ކުނި މެނޭޖްކުރާނެ ސެންޓަރަރެއް ގާއިމްކުރުމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް އެރަށަށް ފުޅާވެގެންދާނެ އެވެ. މިއާއިއެކު އެރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެމްކޯގެ އޮޕަރޭޝަން ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.





.jpg&w=3840&q=75)

