
ނައިފަރުގައި ގާއިމްކުރާ 30 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި
# ޅ. ނައިފަރު-
ނައިފަރުގައި ގާއިމްކުރާ 30 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު ޅ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފަހު މަންޒިލަކަށް ނައިފަރަށް އެމަނިކުފާނު ވަޑައިގެންނެވުމާއިއެކުގައި އެވެ.
އެގޮތުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މަސްވެރިކަމާއި ބެހޭ ވަޒީރު އަދި ނައިފަރު ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރެއްވި އަހުމަދު ޝިޔާމް އެވެ. އަރިހުގައި އެދާއިރާގެ މިހާރުގެ މަޖިލިސް މެމްބަރާއި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުން މި މަޝްރޫއު ކުރިޔަށްގެންދަނީ ގައުމީ މަސްކުންފުނި، މިފްކޯއާއި ހަވާލުކޮށްގެންނެވެ.
ނައިފަރުގައި ގާއިމްކުރާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭނެ އައިސް ޕްލާންޓެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ. ރާއްޖޭގެ މަސްވެރިންނަސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފަސޭހައިން އައިސް ނުލިބުމުގެ ދަތިކަމެވެ. އެހެން ނަމަވެސް ރާއްޖޭގެ އެކި ކަންކޮުތަކުގައި ގާއިމް ކުރަ އައިސްޕްލާންޓުތައް ގާއިމްކޮށް ނިމުމުން އައިސް ލިބުމުގެ ދަތިތަކަށް ހައްލު ލިބިގެންދާނެ އެވެ.
މަސްވެރިންނަށް އައިސް، ލިބުމަށްހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އައިސް ޕްލާންޓް އިތުރުކޮށް، އޮޑި ދޯނިފަހަރުގައި ލޮނުފެނުން، މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މަގުފަހި، ކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އަހައްމިއްޔަތުކަން ދެއްވާކަމެކެވެ.
ގުޅުންހުރި

ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި: ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

މަސްތުވާތަކެއްޗާއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފި




