
-
ޅ ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިި އެވެ.

މި މަޝްރޫއު ރަސްމީކޮށް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތުގެ ޢަމަލީ ފެށުން ފާހަގަކޮށްދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި ނައިފަރު ދާއިރާގެ މެންބަރާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިފަރުގެ މަގުތައް ތަރައްޤީ ކުރުމުގެ މި ބޮޑު މަޝްރޫޢަކީ، ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަކަން އިތުރުކޮށް، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 730 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ނައިފަރުގެ މަގުތައް ބޭނުންކުރަން ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގުޅުންހުރި

ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި: ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

މަސްތުވާތަކެއްޗާއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފި




