logoEN
Sto top
އެއާޕޯޓުން ޑޮލަރު ފޭރުނު ކަމުގެ ތުހުމަތުކުރެވޭ 4 މީހުން ހައްޔަރުކޮށް އެމީހުން ބޭނުންކުރި ލޯންޗުވެސް އަތުލައިގަނެފި

އެއާޕޯޓުން ޑޮލަރު ފޭރުނު ކަމުގެ ތުހުމަތުކުރެވޭ 4 މީހުން ހައްޔަރުކޮށް އެމީހުން ބޭނުންކުރި ލޯންޗުވެސް އަތުލައިގަނެފި

އަހުމަދު ޝުރާއު

logo

10/27/2025, 8:19:25 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

އެއާޕޯޓުން ޑޮލަރު ފޭރުނު ކަމުގެ ތުހުމަތުކުރެވޭ 4 މީހުން ހައްޔަރުކޮށް އެމީހުން ބޭނުންކުރި ލޯންޗުވެސް އަތުލައިގަނެފި އެވެ.

Wamco

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާހުރި ބްރީފްކޭސް އެއް ފޭރިގަތީ ރޭ ފަތިހު އެވެ. ފުލުހުން މީޑިއާތަކަށް ހެނދުނު ފޮނުވި މެސެޖެއްގައި ވިދާޅުވީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭސްއެއް، ފޭރިގަތް މައްސަލަ 2025 އޮކްޓޯބަރ 27ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި، ފޭރިގަތް ބްރީފް ކޭސްގައި ހުރީ ލައްކައެއްހާ ޑޮލަރެވެ. މި ފައިސާއަކީ ފުރާ މީހުންނަށް ދޫކުރުމަށް އެމްއެމްއޭއިން ދޫކުރާ ފައިސާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސޫޓްކޭސް އެވަގުތު ހިފައިގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ. އަދި ފައިސާ ފޭރިގަތުމަށްފަހު މޫނު ނިވާކޮށްގެން ތިބި މީހުން ފިލީ، ލޯންޗެއްގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ފައިސާ ގެންދިޔައިރު، ފުލުހުންގެ ސެކިއުރިޓީ ހޯދާފައިނުވާކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން ދާހިލީ ވަޒީރު އަލީ އިހްސާން ދާދި ދެންމެ އަކު ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތު ކުރެވޭ 4 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި މި ފޭރުމުގައި ބޭނުންކުރި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

އަދި މި މައްސަލައިގެ ތަހުގީގު އަވަސްކޮށް ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތަށް އިހްސާން ވަނީ ތައުރީފުވެސް ކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC