logoEN
PNC TOP 3
ފެނުގެ ހިދުމަތުން ނަމަގުން އަންނަ 30 ރުފިޔާގެ ފީ މާފުކޮށްދީފި

ފެނުގެ ހިދުމަތުން ނަމަގުން އަންނަ 30 ރުފިޔާގެ ފީ މާފުކޮށްދީފި

# ފެނަކަ ކޯޕަރޭޝަން

ފެން ބިލް

ފެނަކަ ކޯޕަރޭޝަންގެ ފެނުގެ ހިދުމަތުން ކަސްޓަމަރުންގެ އަތުން ނަގާ 30ރ. އެ ކުންފުނިން މާފުކޮށްދީފި އެވެ.

PNC MID 2

އައްޑޫގެ ބައެއް އަވަށުގެ ނަރުދަމާ ނިޒާމު ނިންމައި އެ މަޝްރޫއު ހިންގައި ބެލެހެއްޓުން ފެނަކައާ ހަވާލުކުރަން އެމްޓީސީސީން މިއަދު ހަވީރު އައްޑޫސިޓީ ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ފެނަކަ މެނެޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސަޕްލައި ފެން މީޓަރުން ނަގާ 30ރ. ކަސްޓަމަރުންނަށް މާފުކޮށް ދެއްވުމަށް ނިންމަވާފައިވާ ކަމަށާއި، އަދި އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށެވެ.

ފެން މީޓަރުން ނަގާ 30ރ. މާފުކުރުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން އަންނަ ވާހަކަ ފެނަކަ އިންވަނީ މީގެ ކުރިންވެސް ބުނެފައެވެ.

"ފެނުގެ ނިޒާމު ގުޅުމާއެކު، މީޓަރަށް ނަގަމުން އައި ތިރީސް ރުފިޔާ ރައީސް މިއަދު ވަނީ ފެނަކަ ހުރިހާ ކަސްޓަމަރުންގެ އަތުން ނެގުން ހުއްޓާލަން ނިންމައި އެކަން މާފުކޮށްދެއްވާފައި" ސައީދު އިއުލާން ކުރެއްވި އެވެ.

ފެނުގެ ހިދުމަތް ބޭނުން ނުކުރާ ގޭގެއިންވެސް މެދު ނުކެނޑި ފެންމީޓަރަށް 30 ރުފިޔާ ނަގަމުން ގެންދާތީ ރައްޔިތުންވަނީ ކަންބޮޑުވވުންތަކެއް މީގެ ކުރިންވެސް ފާޅުކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC