
އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ-
އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢު މަޝްރޫއުގެ ސަރވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ (ޗައިނާ) ކޮމްޕެނީ ލިމިޓެޑް (ޓީވައިލިން) އާއި މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ރައީސް ޗެން ޝީއޯހޫއެވެ.
މި މަޝްރޫއު ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ (ޗައިނާ) ކޮމްޕެނީ ލިމިޓެޑާއި ހަވާލުކުރީ 1,025,000.00 އެމެރިކާ ޑޮލަރަށް 6 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެގޮތުން އެކުންފުނީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ މި މަޝްރޫއުގެ ސަރވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.
ގުޅުންހުރި

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަލްޓެކަށް!

ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކަށް!

.gif&w=3840&q=75)



