
11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަލްޓެކަށް!
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ-
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ އެއްބަސްވުމުގައި އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްއާއެކު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުަސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތައް އަލްޓެކާއި ހަވާލުކުރުމަށް ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ.
މިއަދު އަލްޓެކާއި ހަވާލުކުރެވުނު މަޝްރޫއުތަކަކީ
- ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމް ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްކުރުން
- ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުން
- ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން
- ފުވައްމުލަކު ސިޓީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު
ސަރުކާރުން މިހާރުވެސް ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމާއި އަޕްގްރޭޑުކުރުން ހިމެނޭހެން އުމްރާނީ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދަމުންނެވެ.
މިއަދު މި މަސައްކަތްތައް ހަވާލުކުރެވުނު އި އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑަކީ އެފަދަ ގިނަ އުމްރާނީ މަޝްރޫއުތަކެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދަމުންދާ ކުންފުންޏެކެވެ.
ގުޅުންހުރި

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަލްޓެކަށް!

ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކަށް!

.gif&w=3840&q=75)



