logoEN
Sto top
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ރައީސް ޢައްޔަންކުރައްވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ރައީސް ޢައްޔަންކުރައްވައިފި

އަހުމަދު ޝުރާއު

logo

10/26/2025, 4:50:08 PM

# ރައީސް މުއިއްޒު

-

ޤާނޫނު ނަންބަރު 27/2015 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، 4 (ހަތަރެއް) ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.

Wamco

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 1188، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނާއި، ދަފްތަރު. ނަންބަރު ރސ 12854، އަލްއުސްތާޛު ޝިފާޒު ޢަލީއާއި ދަފްތަރު. ނަންބަރު ރސ 1851، ޢަލީ މުޙައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ. ކޮމިޝަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC