logoEN
Sto top
ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

10/22/2025, 1:39:13 PM

# ރައީސް މުއިއްޒު

-

ލ ކަލައިދޫ ދަނބިދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

Wamco

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ މުހައްމަދު މުއިއްޒު ލ އަތޮލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ކަލައިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. އަބްދުالله މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ކަލައިދޫ އާއި ދަނބިދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، ކަލައިދޫއާއި ދަނބިދޫއާ ދޭތެރޭ 1 ކިލޯމީޓަރުގެ ކޯޒްވޭއެއް ޤާއިމުކުރެވޭނެއެވެ . މީގެ ތެރޭގައ،ި 36.17 މީޓަރު ދިގު މަގަކާއ،ި 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހަދާނެއެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.

މިއީ 155.94 މިލިއަން ރުފިޔާއަށް 550 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC