
-
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް, ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކް އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ޗޮންޗިން އެއަރލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މިހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ އިސްވެރިންނާއި ވާޖިން އެޓްލާންޓިކްގެ ރާއްޖޭގެ ކަސްޓަމާރ ސާވިސް އޭޖެންޓުގެ އިސްވެރިންނެވެ.
މިއަދު ބޭއްވުނު ޚާއްސަ ހަފްލާގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ވާޖިން އެޓްލާންޓިކް ފުރަތަމަ މަތިންދާ ބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ވާޖިން އެޓްލާންޓިކް އެއަރލައިނަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި 13 ވަނަ އެއަރލައިނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރި 20 ވަނަ އެއާލައިނަކަށް ޔޫއެސް-ބަންގްލާ!

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ލައްކައެއްހާ ޑޮލަރު ފޭރިގެންފި

ވާޖިން އެޓްލާންޓިކްގެ އޮޕަރޭޝަންތައްވެސް ވީއައިއޭ އައު ޓާމިނަލަށް!





