logoEN
Sto top
ސިގްރެޓު ކޮންޓެއިނަރު ވައްކަން: ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި

ސިގްރެޓު ކޮންޓެއިނަރު ވައްކަން: ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

10/23/2025, 6:00:20 PM

# ސިގްރޭޓް ވައްކަން

-

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން މިއަދު އިތުރުމީހަކު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފީޝަލް މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) އެވެ.

ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހައްޔަރުކުރި އާދަމް ވަހީދު އަކީ ކޮންޓެއިނަރުތައް ހުޅުމާލެ ޕޯޓުން ގެންދިޔުމަށް ބޭނުންކުރި ދޯނީގެ ކެޕްޓަނެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ އާދަމް ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. މި މައްސަލައާއި ގުޅިގެން މިއަދު ހައްޔަރުކުރި އާދަމް ވަހީދުގެ އިތުރުން އިތުރު 5 މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ކުރީގެ އިސްވެރިއެއް އަދި މިހާރު މި ސަރުކާރުގައި މިފްކޯގެ އިސް މަގާމެއްގައި ހުރި މުޢާޒް ޢަލީ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލްގެ އިތުރުން މި ވައްކަން "ކާމިޔާބުކުރުމަށް" އެހީތެރިވެދިން ކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި ހަސަން އަބްދުއްރަހްމާން އެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ ވިޔަފާރިވެރިންގެ މައްޗަށް ފުލުހުން ކުރަނީ މި ވައްކަން ރާވައި ފަންޑުކުރި ކަމުގެ ތުހުމަތެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC