logoEN
Sto top
ގަމު ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ގަމު ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

10/22/2025, 8:09:29 AM

# ރައީސް މުއިއްޒު

-

ލ. ގަމު ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

Wamco

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މިމަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢުގެ މަސައްކަތްތައް ފަށްޓަވާދެއްވާފައިވަނީ، ލ.ގަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު އަދި އަރިހުގައި ގަމު ދާއިރާގެ މެމްބަރު، ގަމު ކައުންސިލްގެ ޔޫސުފް ނަޝީދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއިއެވެ.

އެގޮތުން މި މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، ޕަންޕިން ލައިން އާއި ސީ އައުޓް ފޯލް އެޅުމާއި، ޕަންޕް ސްޓޭޝަން އަދި ވޭލް ޗެމްބަރގެ މަސައްކަތްތައް ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މިމަޝްރޫޢުގެ ޖުމްލަ އަގަކީ 36.53 މިލިޔަން ރުފިޔާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC