logoEN
Sto top
ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް!

ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

10/22/2025, 8:58:09 AM

# އެމްއެންޑީއެފް

-

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

Wamco

ސިފައިން މިއަދު ބުނީ ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް 11ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:25 ހާ އިރު ކަމަށާއި މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ސިފައިން ވަނީ ބުނެފައި އެވެ.

ސިފައިން ބުނީ މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 3ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވި ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވަނީ ވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC