logoEN
Sto top
ތެލެސީމިއާ ކުދީންނަށް އަންނަ އަހަރުން ފެށިގެން އެލަވެންސް ދޭނެ!

ތެލެސީމިއާ ކުދީންނަށް އަންނަ އަހަރުން ފެށިގެން އެލަވެންސް ދޭނެ!

އަހުމަދު ޝުރާއު

logo

10/21/2025, 6:31:30 PM

# ރައީސް މުއިއްޒު

-

ރާއްޖޭގައި ތިބި ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން އެލަވެންސް ދޭން ނިންމާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

މިރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިމަނުއްވާނެ ކަމަށެވެ. އެގޮތުން އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އިތުރުންވެސް އެމަނިކުފާނު ވެވަޑައިގެންނެވި އެހެނިހެން ވައުދުތަކަށް ބޭނުންވާ ފައިސާތައް އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހިގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

މިގޮތުން ތެލެސީމިއާ ކުދީންނަށް ސަރުކާރުން ޚާއްސަ އެލަވެންސެއް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާލުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ތެލެސީމިއާ ކުދީންނަށް ސަރުކާރުން ކޮންމެ މަހަކު 1،000 ރުފިޔާގެ އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

މި އެލަވެންސް ލިބޭ 982 ކުދީން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި އެލަވެންސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށެވެ.

މި އަހަރު ކުރީކޮޅު ތެލެސީމިއާ ކުދީންގެ ބޮޑެތި ކަންބޮޑުވުންތަކެއް ރައީސްއާއި ހިއްސާކުރެއްވުމާއިއެކު އެމަނިކުފާނު ވަނީ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމުގެ މަސައްކަތް ކުރައްވާފައި އެވެ. އެގޮތުން ބާވެ ޖާގައިގެ ދަތިކަން ދިމާވަމުންދިޔަ މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުމާލެ އޮރެންޖު ހިޔާއަށް ބަދަލުކޮށް އެތަން މިހާރު ހިންގަމުންދަނީ ހޮސްޕިޓަލެއްގެ ގޮތުގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC