logoEN
Sto top
އަންނަ އަހަރުން ފެށިގެން އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރަނީ: ކޮންމެ ކުއްޖަކަށް 3000 ރުފިޔާ!

އަންނަ އަހަރުން ފެށިގެން އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރަނީ: ކޮންމެ ކުއްޖަކަށް 3000 ރުފިޔާ!

އަހުމަދު ޝުރާއު

logo

10/21/2025, 6:16:17 PM

# ރައީސް މުއިއްޒު

-

އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވެންސް ބޮޑުކުރައްވާނެކަން ރައީސުލްުޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ.

Wamco

ރައީސް މިކަން އިއުލާނުކުރެއްވީ މިހާރު ލ އަތޮލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

މިރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިމަނުއްވާނެ ކަމަށެވެ. އެގޮތުން އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އިތުރުންވެސް އެމަނިކުފާނު ވެވަޑައިގެންނެވި އެހެނިހެން ވައުދުތަކަށް ބޭނުންވާ ފައިސާތައް އަންނަ އަހަރުގެ ބަޖެޓުން ހަމަޖެހިގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

މިގޮތުން އެކަނިވެރިމައިންނަށް ދެމުންދާ އެލަވެންސް ބޮޑުކުރެއްވުމަށް ވެވަޑައިގެން ވައުދުފުޅާއި އެއްގޮތަށް އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި އަންނަ ޖެނުއަރީ މަހުން ފެށިގެން އެ އެލަވެންސް ބޮޑުކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވި އެވެ. އެގޮތުން އެ އެލަވަންސް ބޮޑުކުރައްވަނީ 3،000 ރުފިޔާއަށް ކަމަށާއި އެއީ އެމަނިވެރިމައެއްގެ ކޮންމެ ކުއްޖަކަށް ލިބޭނެ އަދަދުކަން ރައީސް ފާހަގަކުރެއްވި އެވެ. މިކަމަށް ބަޖެޓުގައި 211 މިލިއަން ރުފިޔާ ހިމަނުއްވަން ނިންމަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ވޭތުވެދިޔަ އަހަރު ދައުލަތުގެ ބަޖެޓުން އެނަކިވެރި މައިންނަށް 66 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި މިއަހަރު އެކަމަށް 78 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުގައި އޮތް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މިވަގުތު ރާއްޖޭގައި އެކަނިވެރިމައިންގެ ގޮތުގައި 5878 މީހުން ތިބި ކަމަށް ތަފާސްހިސާބުތައް ދައްކާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC