
ރައީސް މުއިއްޒު ވައުދުފުއްދަވައިފި: ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ފުލުހުން ގާއިމުވެ ތިބޭނެ!
# ރައީސް މުއިއްޒު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާޢްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ފުލުހުން ޚިިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިވެ ޚިދުމަތް ދޭން ފެށިކަން އިޢުލާންކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ މިއަދު ހަވީރުގެ 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމްުވެ ތިބެ ޚިދުމަތްދޭން ފަށާފައިވާކަމަށެވެ. އެގޮތުން މިއަދު ހަވީރު މި ހިދުމަތް ރަސްމީކޮށް ފެށީ ރ ރަސްގަތީމުގައިކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މިކަން ކުރުމަށް އެމަނިކުފާނު ކަނޑައެޅީ މިއަހަރު ނިމުމުގެ ކުރީން ކަމަށާއި ނަމަވެސް އަހަރު ނިމެން ދެ މަހަށް ވެފައިވަނިކޮށް މިއަދު އެވައުދު ފުއްދިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތްތަކާ އަސާސީ ޚިދުމަތަކަށްވާއިރު އެމަނިކުފާނުގެ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތްކަމަށާއި ފުލުހުންގެ ޚިދުމަތަށް ބޭނުން ޖެހޭ ހާލަތްތައްކަުގައި އެރަައްތަކަށް ފުލުހުންގެ ޓީމްތައް ފޮނުވަންޖެހެނީ ކައިރި ރަށްރަށުންކަން ރައީސް ވަނީ މިރޭގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި އެވެ.
މީގެ އިތުރުން އަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައިކަމަށާއި ދެން ހުރި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ކައުންސިލުން ފޯރުކޯށްދޭ އިމާރާތްތައް ނުވަތަ ކުއްޔައް އިމާރާތްތައް ނަގައިގެންކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން ޚިދުމަތް ދިނުމަށް އެތަކެއް ދަތިތަކެއް ދިމާވެ ރައްޔިތުންނަށް އެތަކެއް ނިކަމެތިކަމެއް ލިބެމުންދިޔަ ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 63 ރަަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުފައިވާކަމަށާއި ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް މިސަރުކާރުން މިހާރު ކުރިޔަށްގެންދާ ކަމަށެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ މި ދައުރު ނިމުމުގެ ކުރީން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތުން ޚިދުމަތް ދިނުމަކީ އަމާޒެއްކަމަށާއި އެކަން ހާސިލްކުރާނެކަމުގައި ވިދާޅުވެފައި އެވެ.
ގުޅުންހުރި

ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްދޫ ކަލައިދޫގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން - ރައީސް
.jpg&w=3840&q=75)
އިސްދޫގައި އިންޑޯރ ބެޑްމިންޓަން ކޯޓެއް އަޅައިދެއްވުމަށް ރައީސްގެ އަރިހުން އެދެފި
