logoEN
Sto top
މާބައިދޫއަށް 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް!

މާބައިދޫއަށް 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް!

އަހުމަދު ޝުރާއު

logo

10/21/2025, 2:55:20 PM

# ރައީސް މުއިއްޒު

--

ލ. މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއިއައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

Wamco

މި މަޝްރޫއުގެ އަމަލީ މަސައްކަތްފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ލ މާބައިދޫގައި ބޭއްވި ރަސްމިއްޔަތުގައެވެ.

މި މަޝްރޫއަކީ އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މިޝްރޫއުގައި މަބައިދޫގައި ގާއިމްކުރަނީ 25 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ އެކެވެ.

އައިސް ޕްލާންޓުގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެއެވެ.

މީގެއިތުރުން ރައީސް ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާބައިދޫގެ އިތުރުން ލ މާވަށާއި ލ ހިތަދޫގައިވެސް އައިސްޕްލާންޓު ގާއިމް ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC