logoEN
Sto top
60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ: ރައީސް

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ: ރައީސް

އަހުމަދު ޝުރާއު

logo

10/21/2025, 3:38:57 PM

# ރައީސް މުއިއްޒު

-

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ދަނބިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން އެރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރަށުގައި އިތުރު ވޯޑަކާއެކު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ 60 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށާއި މީގެތެރެއިން އެރަށަށް ބޭނުންވާ އެމްބިއުލާންސްވެސް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ހާމަކުރެއްވި އިރު އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ބަޖެޓުން 1 ބިލިއަން ރުފިޔާ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރެއްވުމަށް ކަނޑައަޅުއްވާނެކަން ދާދި ފަހުން އިއުލާނުކުރައްވާފައި އެވެ. އެގޮތުން އަންނަ އަހަރު ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށާއި އަތޮޅު އަދި ސަރަހައްދީ ހޮސްޕިޓަލުތަކަށް ބޮޑެތި ތަރައްޤީތަކެއް ގެންނަވަން ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC