logoEN
Sto top
މާބައިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް ބަދަލުކޮށްދޭނަން - ރައީސް

މާބައިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް ބަދަލުކޮށްދޭނަން - ރައީސް

އަހުމަދު ޝުރާއު

logo

10/21/2025, 1:05:39 PM

# ރައީސް މުއިއްޒު

-

އަންނަ އަހަރުގެ ކުރީކޮޅު ލ. މާބައިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިކަން ހާމަކުރެއްވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ލ. މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ މަރުކަޒުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެއްސެވުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެކަމަށެވެ.

މާބައިދޫގައި މިއަދު ރަސްމީކޮށް ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލް ކުރައްވާފައެވެ. އޭގެ ތެރޭގައި ރަށުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމާއި، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްވެސް މިއަދު އޮތީ ނިންމަވާފައެވެ. މި ރަސްމިއްޔާތުތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.

ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށް އިތުރު ޖަނަރޭޓަރެއް ގެނެސް ކަރަންޓުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާބައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، ލ. އަތޮޅު މަދުރަސާގައި މަލްޓި-ޕަރޕަސް ހޯލް ޤާއިމްކުރުމުގެ މަޝްރޫޢާއި، ފުޓް ބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން، ރަށުގައި އޭޓީއެމް ޚިދުމަތް ފެށުމާއި ގުޅިގެން މާބައިދޫ ކައުންސިލަށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފައެވެ. މިފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ސޮއިކުރި އަދި ޢަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ފައްޓަވައި، ބައެއް މަޝްރޫޢުތައް ފުރިހަމަވެގެންދާނެ ކަމަށާއި، އެމަނިކުފާނު މާބައިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC