
ތިނަދޫއާއި ވިލިނގިލި ހިމެނޭހެން 5 ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ކުރިޔަށް ގެންދަނީ، ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަނީ
# އިސްލާމިކް މިނިސްޓްރީ-
އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ނިންމައި 5 ރަށެއްގައި މަގްފު މަޝްރޫއުތައް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި އާއި ގއ ވިލިނގިލީގައި ވަގުފު މަޝްރޫއުތައް ހިންގަވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުތައް ހިންގަން ނިންމާފައިވާ ސިޓީތަކަކީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީ އެވެ.
މިގޮތުން އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށީ ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ މަގުފު މަޝްރޫއުތަށް ހިންގުމަށް އިންވެސްޓްކުރެވިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރެވިގެންދާނީ އެސިޓީތަކުގެ އިސްލާމީ ކަންކަމަށް ކަމަށާއި މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ކަމުގައި ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި 2 މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ ކަންވެސް ޝަހީމް ވަނީ ފާހަގަކުރައްވާފައި އެވެ. އަދި އޭގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެކަމަށެވެ.
ޝަހީމް ވަނީ މި ހުރިހައި މަޝްރޫޢެއްގެ އަމަލީ މަސައްކަތް ލަސްވެގެން ޖަނަވަނީ މަހުގައި ފެށިގެންދާނެކަން ހާމަކުރައްވާފައި އެވެ.
ގުޅުންހުރި

ތިނަދޫއާއި ވިލިނގިލި ހިމެނޭހެން 5 ރަށެއްގައި ވަޤުފު މަޝްރޫޢުތަކެއް ކުރިޔަށް ގެންދަނީ، ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަނީ

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 4 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތ. ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކޮށްފި





