logoEN
WAMCO TOP 1
މާވަށު ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

މާވަށު ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

10/20/2025, 2:44:27 PM

# ލ މާވަށް

-

ލ. މާވަށު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

THE TRAVELLER AD

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަރިހުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެމެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

ލ. މާވަށު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 89,135,016.84 ރުފިޔާގެ އަގަށް 540 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން ގިރާ ސަރަޙައްދުގައި ޖުމުލަ 1،112 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓާއި، 200 މީޓަރުގެ ޖިއޯބޭގް ގްރޮއިންއާއި، 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 120 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހައި، ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC