logoEN
PNC TOP 3
މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

10/20/2025, 7:25:44 AM

# ލ މާވަށް

-

ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމަށް މިފްކޯއާއި އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

PNC MID 2

މާވަށުގައި ގާއިމްކުރާ 10 ޓަނުގެ އައިސްޕްލާންޓައި 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓި ގެ މަސައްކަތް ފެށުމަށް އެއްބަސވްުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނު މިހާރު ލ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ވުޒާރަގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމްއެވެ. އަދި މިފްކޯގެފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރ މުހައްމަދު ޝަމީމްއެވެ.

މަވަށުގައި ގާއިމް ކުރަ 10 ޓަނުގެ އައިސް ޕްލާންތުގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ އަދި މާވަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެއެވެ.

މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC