.jpg&w=3840&q=75)
ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފި
# މޯލްޑިވްސް ޒަކާތު ހައުސް-
ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް، ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މަސައްކަތުގެ މަޤްޞަދަކީ ކިންގް ސަލްމާން މިސްކިތުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުމެވެ. މި މަސައްކަތަކީ އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ޒަކާތު ހައުސް އިން ކޮށްފައިވާ އިޢުލާނެއްގައިވަނީ، ފޮތްތައް ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު، [email protected] އަށް އީ-މެއިލްކުރެއްވުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްގެ ފަރާތުން ހަމަޖައްސައިދޭނެކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އެހީތެރިކަމަށް އެދި، ޒަކާތު ހައުސްގެ 3021414 ނަންބަރާ ގުޅުއްވުމަށް ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕުން މެސެޖުކުރައްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ގުޅުންހުރި

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ 6 ކުއްޖަކު އިންޑިއާއަށް ފުރަނީ

ފައިނޭންޝަލް އެކްސްޕޯގެ ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!

މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތާ ގުޅުންހުރި 4 ފޮތެއް ނެރެފި




