
ހުޅުމާލޭގައި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 14ވަނަ ދުވަހު ހުޅުމާލޭ ފުލުހުން ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭންއެވެ.
މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.
ގުޅުންހުރި

މަސްތުވާތަކެއްޗާއިއެކު ހަނިމާދޫއިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
