logoEN
Sto top
އެމްއެންޔޫއާއި އެމްއެމްއޭއާއި ދެމެދު އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެއް!

އެމްއެންޔޫއާއި އެމްއެމްއޭއާއި ދެމެދު އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

10/16/2025, 9:03:48 AM

# އެމްއެންޔޫ

-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އާއި ދެމެދު އުފެއްދުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ފަރާތުން އެ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުމުގެ މައިގަނޑުގެ މަޤްޞަދަކީ ދެ ފަރާތުން ގުޅިގެން އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި، ތަމްރީނުތައް ކުރިއަށްގެންދިޔުމުގެ އިތުރުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ. އެގޮތުން، ތަޢުލީމީ ދާއިރާގެ ތަރައްޤީއާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން ޤައުމުގެ މަލީ ދާއިރާގެ މުސްތަޤްބަލު ބިނާކުރުމުގެ އެކި މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެކި ދާއިރާތަކާއި ގުޅޭ ދަޢުލަތުގެ އިސް އިދާރާތަކާއިއެކު ވޭވޭ މިފަދަ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިއްމު ޒުވާނުން ބިނާކޮށް، ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ މަގުފަހިވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC