ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ނިޒާމު ފުރިހަމަކުރުމަށް އަންނަ އަހަރު ޚާއްސަ މަޝްރޫއެއް ފަށާނަން - ރައީސް
# ރައީސް މުއިއްޒު-
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ނިޒާމު ފުރިހަމަކުރުމަށް އަންނަ އަހަރު ޚާއްސަ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ފުނަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުން ދައުލީމީ ދާއިރާއަށް އެކަނިވެސް 500 މިލިއަން ރުފިޔާ ކަނޑައަޅުއްވާނެކަމަށް ވިދާޅުވެފައި އެވެ. އެގޮތުން ތަޢުލީމީ ދާއިރާގައި ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ.
މިޮތުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން މި އަންނަ އަހަރު ބަޖެޓުގައި މިހާތަނަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވޭ މިންވަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އިންކްލޫސިވް ކްލާސްރޫމް ގާއިމުކުރުމަށްޓަކައި ހުރިހާ ސްކޫލެއްގައި ވެސް އިންކްލޫސިވް ކްލާސްރޫމް ގާއިމުކުރުމަށް މަޝްރޫއެއް އެބަ ހިމަނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރައްޔިތެއްގެ ކިބައިގައި ހުންނަ ސިފައެއް، ހުންނަ އުނިކަމަކީ ހިދުމަތްދިނުމުގައި ތަފާތުވެގެން ވާނެ ކަމެއް ނޫން ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް އަދުލުވެރިވާންވާނެ ކަމަށެވެ.
މީގެ އިތުރުން ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ނިޒާމު ފުރިހަމަކުރުމަށް އަންނަ އަހަރު ޚާއްސަ މަޝްރޫއެއް ފަށާނަން - ރައީސް

އަންނަ އަހަރު ސިއްހީ އަދި ތައުލީމީ ދާއިރާއަށް 1 ބިލިއަން ރުފިޔާގެ ބަޖެޓެއް!
