logoEN
Sto top
 ފުނަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ފުނަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/15/2025, 6:19:28 PM

# އެމްޓީސީސީ

-

ށ ފުނަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

Wamco

ސަރުކާރުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށަ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް އެެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން، 50 އެނދުގެ ޖާގައިގެ 4 ފަންގިފިލާގެ ޢިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާއިރު 1 ފަންގިފިލާގެ އެހެނިހެން ޚިދުމަތް ދެވޭނެ ބަޔަކާއި ވަށައިފާރެއްވެސް ރޭނުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 185.45 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

2800 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޞިއްޙީ ޚިދުމަތް ރަށުގައި ރަނގަޅުވެގެން ދިއުމެވެ. އެގޮތުން ފުނަދޫ ހޮސްޕިޓަލްގެ މަސައްކަތް ނިމުމާއެކުރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެއިޖުތިމާޢީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC