logoEN
Sto top
ސިގްރެޓް ކޮންޓެއިނަރު ވައްކަން: މުއާޒު އާއި ޒިވާރު ސަސްޕެންޝަނުގައި!

ސިގްރެޓް ކޮންޓެއިނަރު ވައްކަން: މުއާޒު އާއި ޒިވާރު ސަސްޕެންޝަނުގައި!

އަހުމަދު ޝުރާއު

logo

10/15/2025, 4:38:24 PM

# ސިގްރޭޓް ވައްކަން

-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޒިވާރު އަހުމަދު އާއި މުއާޒު އަލީ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

Wamco

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ޒިވާރު އަހުމަދު އަކީ މޯލްޑިވްސް ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުންދާ އެކުންފުނީގެ ޑިޕާޓްމެންޓެއްގެ އިސްވެރިއެކެވެ. އަދި މުއާޒު އަލީ އަކީ ގައުމީ މަސްކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރެކެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ އެ އިދާރާގެ މުވައްޒަފު މިއަދުން ފެށިފެން ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ ކަމަށާއި ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

މުއާޒު ސަސްޕެންޑުކުރުމާއި ގުޅިގެން މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް މުޢާޒު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި މި ނިންމުމާއި ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖާ މުޙައްމަދު ޝަމީމާއި ހަވާލުކޮށްފައި ކަމަށާއި އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއާ ޢުބައިދުﷲ ޙުސައިންއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހިނގައިގެން އުޅޭ މައްސަލަތަކާ އެ ކުންފުންޏާއި ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަން ފާހަގަކޮށް މިފްކޯއިން ވަނީ ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫހެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވާފައި އެވެ.

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 9 ދުވަހު އެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ މއ އެވާ ގްރީން، މާލެ އުމުރުން 61 އަހަރުގެ އަހުމަދު އާރިފް އާއި ދިގަލި، ބ އޭދަފުށީ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު އާއި ހ ނިއު ހެޕިނަސް ، މާލެ އުމުރުން 48 އަހަރުގެ މުއާޒް އަލީގެ އިތުރުން މެދުރީގެ ، ހދ ވައިކަރަދޫ އުމުރުން 40 އަހަރުގެ ޒިވާރު އިސްމާއިލް ކަމަށެވެ.

އެގޮތުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު އަހުމަދު އާރިފް އާއި ޒިވާރު އިސްމާއީލްގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ދީފައި އެވެ. އަދި މުހައްމަދު ވަހީދުގެ ބަންދަށް 10 ދުވަސް ދިން އިތު މުއާޒް އަލީގެ ބަންދަށް ކޯޓުން ދީފައިވަނީ 5 ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC