logoEN
WAMCO TOP 1
ޖަޕާނުގައި ކުރިއަށްދާ ބައިނަލްއަޤްވާމީ މޭޔަރުންގެ ފޯރަމުގައި މޭޔަރު އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

ޖަޕާނުގައި ކުރިއަށްދާ ބައިނަލްއަޤްވާމީ މޭޔަރުންގެ ފޯރަމުގައި މޭޔަރު އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

10/14/2025, 3:45:14 PM

# މޭޔަރު އާޒިމް

-

ޖަޕާނުގެ ޓޮޔޯޓާ ސިޓީގައި ކުރިއަށްދާ 2025 ވަނަ އަހަރުގެ "ބައިނަލްއަޤްވާމީ މޭޔަރުންގެ ފޯރަމް" ގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައިވެރިވެވަޑައިގެންފި އެވެ.

THE TRAVELLER AD

މި ފޯރަމް ކުރިއަށް ގެންދަނީ "ދެމެހެއްޓެނިވި މުސްތަޤުބަލަކަށް މިއަދު އަޅަންޖެހޭ ފިޔަވަޅުތައް" މި ޝިޢާރުގެ ދަށުންނެވެ.

މޭޔަރ އާދަމް ޢާޒިމްގެ އިތުރުން، މި ފޯރަމްގައި މާލެ ސިޓީ ކައުންސިލް ތަމްސީލުކުރައްވަނީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު ޔުމްނާ އާއި މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ.

ޔޫއެން-ހެބިޓެޓް، ޔޫއެން އެސްކެޕް އަދި ޔޫއެން ޑީއީއެސްއޭ ގުޅިގެން އިންތިޒާމުކޮށްފައިވާ މި ހަރަކާތަކީ ޝަހަރުތައް ތަމްސީލުކުރާ ފަރާތްތަކަށް އެންމެ ރަނގަޅު އާދަތައް ހިއްސާކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ލީޑަރޝިޕް ވަރުގަދަކުރުމަށް ވަރަށް ވެސް މުހިންމު މަސައްކަތެކެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މިފޯރަމަށް ދަޢުވަތު ލިބުމަކީ ޝަރަފެއް ކަމަށާ، މި ފޯރަމްގެ ސަބަބުން މާލެ ސިޓީއަށް އިތުރު ކުރިއެރުން ތަކެއް ހޯދައި ދިނުމަށް، މާލެ ސިޓީ ކައުންސިލުން މުހިންމު މަސައްކަތަކެއް ކުރެވޭނެ ކަމާމެދު ޔަގީން ކުރައްވާ ކަމަށެވެ.

މި ފޯރަމްގެ ތިން ވަނަ ދުވަހުގެ ސެޝަންގައި މޭޔަރ ޢާޒިމް ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަޤްރީރުގައި މޭޔަރ ބޮޑަށް އަލި އަޅުވާލައްވާނީ ދާދި ފަހުން ސައުތު ކޮރެޔާއަށް ކުރެއްވި ދަތުރު ފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑި ތަކާ ގުޅޭ ގޮތުން ލޯންޗް ކޮށްދެއްވި މާލެ ސިޓީގެ ވޮލަންޓަރީ ލޯކަލް ރިވިއު(ވީއެލްއާރު) އެކުލަވާލަމުން ދިޔައިރު ތިމާވެއްޓާ ކުލައިމެޓް ޗޭންޖަރ މާލެ ސިޓީއާ ގުޅުވައިފަ ކިހިނެއްތޯ އާއި އޭނގެ ހޯދުންތައް ހޯދި ގޮތާއި، ދިމާވި ދަތިތަކާއި އަދި ކުރިމަގަށް ކިހިނެއްތޯ ދާނީ؟ މިކަމުގެ މައްޗަށެވެ.

ކޮމެންޓް
ފަހުގެ
HDC