logoEN
WAMCO TOP 1
ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ވަރަށް އަވަހަށް ހާމަކުރާނެ - އާޒިމް

ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ވަރަށް އަވަހަށް ހާމަކުރާނެ - އާޒިމް

އަހުމަދު ޝުރާއު

logo

7/30/2025, 8:06:47 AM

# މޭޔަރު އާޒިމް

-

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިހުރި ބިންތައް ކުއްޔަށް ދޫކޮށްފައިހުރީ، ކޮންބަޔަކަށް، ކޮންބޭނުމަކު، ކޮން ކުއްޔަކަށް، ކިހާ މުއްދަތަކަށްކަން، ކުރިޔަށް އޮތް މަހެއްހާ ދުވަހުގެތެރޭ ހާމަކުރަމުން ގެންދާނެ ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ކައުންސިލްތަކުން ބާއްވަން، ޤާނޫނުގައި ލާޒިމްކޮށްފައިވާ، ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން، މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭ ކޮށީ)ގެ ގޯތި ތެރޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ވެސް، ޢަމަލުކުރާނެގޮތެއް ނިންމަމުން މިގެންދަނީ، ކައުންސިލް ތަޅުމަށް ހުށަހަޅައި، މަޝްވަރާގެ ރީތި އުސޫލުންކަމަށެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، އެ މަނިކުފާނާއެކު މަސައްކަތުގައި ދެމިތިއްބެވި ހީވާގި ޓީމު ކަމަށާއި، ކައުންސިލަރުންނާއި ޑަބްލިޔު ޑީސީގެ މެންބަރުން އަދި ކައުންސިލްގެ ހުރިހައި ގިންތިއެއްގެ ހީވާގި މުވައްޒަފުން ކަމަށެވެ.

"ވޭތުވެ ދިޔަ 6 މަސް ދުވަހު ބޭއްވި ކައުންސިލްގެ 23 ޖަލްސާގެ ރެކޯޑްތަކުން، މި ޙަޤީޤަތް ހާމަވާނެ. މާލެ ސިޓީގެ ވެރިންނާއި މުއައްޒަފުންނަކީ، ވޭތުވެދިޔަ 6 މަސް ދުވަހު ހާޞިލްކުރެވުނު ކާމީޔާބީގެ މުގުލުގައި ތިއްބެވި ފަރާތްތައްކަން ވެސް ފާހަގަ ކުރަން." މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، އެ މަނިކުފާންގެ އިޚުލާޞްތެރި ދުޢާއަކީ ، މާލެ ސިޓީގެ އެންމެހައި ކައުންސިލަރުންނާއި، ޑަބްލިއ ޑީސީގެ މެންބަރުން، އަދި އިސް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުން، ގުޅިގެން ކުރާ މަސައްކަތުން، މާލެ ސިޓީގެ ރައްޔިތުންނަށް ފަސޭހަ، ފަހި ދިރިއުޅުމެއް ލިބި، މާލެ ސިޓީއަކީ އުފާފާގަތިކަމާއެކު ދިރިއުޅެވޭނެ، އަމާން އަދި ރައްކާތެރި ތަނަކަށް ވުންކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC