
-
ށ ކޮމަންޑޫ އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ކޮމަންޑޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން ރައީސްގެ ހާޒިރުގައި ފައްޓަވައިދެއްވީވެސް މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އެވެ.
މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރެވިގެން ދިޔުމާއިއެކު އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، އެއާޕޯޓު އޮޕަރޭޓްކޮށް، ހިންގާނީ ވެސް އެމްއޭސީއެލްއިންނެވެ.
ކޮމަންޑޫ އެއާޕޯޓު ވެގެންދާނީ ށ އަތޮޅުގައި ތަރައްްޤީކުރާ ތިން ވަނަ އެއާޕޯޓަށެވެ. އެގޮތުން މިހާރު އެއަތޮޅުގައި އެއާޕޯޓެއް އޮންނަނީ ށ ފުނަދޫގައި އެވެ. އަދި އިއްޔެ ށ ބިލެތްފަހީގައިވެސް އެއާޕޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި އެވެ.
ގުޅުންހުރި

ކޮމަންޑޫ އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި
ކޮމަންޑޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދެފި

ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބިދޭސީ މުދައްރިސުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
