
ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބިދޭސީ މުދައްރިސުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
# ށ. އަތޮޅު ތައުލީމީ މަރުކަޒު# ފުލުހުން# ށ. ކޮމަންޑޫ-
ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުދައްރިސުން، ސްކޭމް ކޯލުތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން މި މަހު 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މީސްމީޑިއާ މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށާއި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.
އޭގެ އިތުރުން، ސޯޝަލް މީޑިއާ އެކައުންޓު ހެކްކޮށް އާއިލާ މީހުންނާއި ރައްޓެހިންނަށް މެސެޖުކޮށް ފައިސާއަށް އެދެމުން އަންނަ މައްސަލަތައް އިތުރުވަމުންދާތީ، މިކަންކަމުން ސަލާމަތްކޮށް ރައްކާތެރިކުރުވުމަށް ވެސް މައުލޫމާތުދީފައިވެއެވެ. އަދި އަންނަ އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި ސްކޭމް ކޯލުތަކަށް ވާހަކަނުދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ސްކޭމްގެ މައްސަލަތަކުގައި ވިކްޓިމައިޒްވާ މީހުން ކަންކުރަންވީ ގޮތް އޮޅުންފިލުވައިދީ މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ވީހާ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ގުޅުންހުރި

ކޮމަންޑޫ އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި
ކޮމަންޑޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދެފި

ތިނަދޫ ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
.jpeg&w=3840&q=75)