
-
ރާއްޖޭގައި ހުންނަވާސްރީ ލަންކާގެ ހައި ކޮމިޝަނަރ، މުޙައްމަދު ރިޒްވީ ހަަސަން ވަނީ މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ޒިޔާރަތްކުރައްވައި، އެ އޮތޯރިތީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފައެވެ.

އެމްކިޔުއޭއިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސްރީ ލަންކާގެ ދަޢުލަތާއި ދިވެހި ދަޢުލަތާއި ދެމެދުގައި އޮންނަ ގުޅުންބަދަހިކުރުމުގެ އިތުރުން ދެ ފަރާތުން މަތީ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވިދާނެ މަސައްކަތްކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރުމެވެ.
އެގޮތުން، ދެ ޤައުމުގެ ފަރާތުން ވެސް ކުއަލިޓީ އެޝުއަރެންސްއާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފައެވެ.
މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ފަރާތުން އެ އޮތޯރިޓީގެ ސީ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން، އައިމިނަތު ޝަޝީގެ އިތުރުން އެމް.ކިޔު.އޭގެ ބައެއް އިސް ބޭފުޅުން ވެސް މި ބައްދަލުވުމުގައި ވަނީ ބައިވެރިވެވޑައިގަންނަވައިފައެވެ.
ގުޅުންހުރި

ރާއްޖެއާއިއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ލަންކާ ކެބިނެޓުން ރުހުން ދީފި

ކަސްޓަމަސްގެ މުވައްޒަފުންގެ ފަރާތުން ސްރީލަންކާއަށް 135,700 ރުފިޔާގެ އެހީއެއް!

ލަންކާގައި ކުރިއަށްގެންދިޔަ ފްލީޓް ރިވިއުގެ ހަރަކާތުގަ ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެ





