logoEN
Sto top
ދެމަސް ދުވަހުގެ ތެރޭގައި  މާލޭގައި 2702 ގަސް އިންދައިފި

ދެމަސް ދުވަހުގެ ތެރޭގައި މާލޭގައި 2702 ގަސް އިންދައިފި

އަހުމަދު ޝުރާއު

logo

10/14/2025, 1:45:24 PM

# މާލެ ސިޓީ ކައުންސިލް

-

ފެހި ފިނި ތަނަވަސް ތަނަކަށް މާލެ ސިޓީ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މި ހިނގާ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި 2702 ގަސް އިންދައިފި އެވެ.

Wamco

މި ގަސްތަކުގެ ތެރޭގައި ހިމެނެނީ 126 ހިޔާދޭ ގަހާއި 2،576 މާގަހެވެ. ހިޔާދޭ ގަސްތަކުގެ ތެރޭގައި ހިމެނެނީ 52 އަނބުގަސް، 21 ދިވެހިރުކާއި، ބަބުކެޔޮ، ސައްކެޔޮ، ޖަބްރޯލް، ފޭރު އަދި ކަޅުހުއްތު މޭވާގަހެވެ.

މި މުއްދަތުގައި އިންދާފައިވާ މާގަސްތަކުގެ ތެރޭގައި ހިމެނެނީ ބޯގަންވިލާ، ކަނީރު، ވަސްމީރު ގުލްސަންޕާ، ކެނަ، ހުވަދުމާ، ކާމެނީޕޫލް، މަލިކުރުވާ އަދި ކަށިރަތްމާ ގަހެވެ. ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ ކުރީގައި ރާއްޖޭގައި އާންމުކޮށް ފެންނަމުން އައި ނަމަވެސް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކާމެނީޕޫލް ގަހެވެ.

މި ގަސްތައް އިންދާފައިވަނީ މިހާރު ތަރައްޤީކުރަމުންދާ މާފަންނު މައިޒާން، ސަލްމާން ޕާކް،ފުރުގާން މިސްކިތް ކުރިމަތީގައި ތަރައްޤީކުރަމުންދާ ޕާކް، ގަލޮޅު ސަހަރާ ރާ ކައިރީގައިވާ ޕާކް އަދި ހީނާމާގެ ޕާކުގައެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވި ގޮތުގޮތުގައި، މި މުހިންމު މަޝްރޫޢުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެކަން ޔަޤީނެވެ. އަދި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް މި ރަށުގެ މަޤްބޫލުކަން އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެއަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެނެވެމުންދަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި އަދި ރަނގަޅު މާޙައުލެއް ޤާއިމްކޮށްދިނުމުގެ ހެޔޮ ނިޔަތުގައެވެ.އަދި މި މަސައްކަތްތައް ކުރުމުގައި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC