
މާދަމާއިން ފެށިގެން ލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ޑިޖިޓަލް އެރައިވަލް ފޯމު ފުރިހަމަކުރަންޖެހޭނެ!
# ރާއްޖެ - ސްރީލަންކާ-
މާދަމާއިން ފެށިގެން ލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ޑިޖިޓަލް އެރައިވަލް ފޯމު ފުރިހަމަކުރަންޖެހޭގޮތަށް ބަދަލު ގެނެސްފި އެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 އޮކްޓޯބަރ 2025 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ސްރީލަންކާއަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް، ފުރުމުގެ ކުރިން (48 ގަޑިއިރާއި 24 ގަޑިއިރު ދެމެދު) މި ފޯމް ފުރިހަމަކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް މީގެ ސަބަބުން، ސްރީލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފޮރިން މިނިސްްޓްރީން ވަނީ ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރިން ސްރީލަންކާގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA) ފޯމް ފުރުއްވުމަށް އިލްތިމާސްކުރައްވާފައި އެވެ.
ގުޅުންހުރި

ރާއްޖެއާއިއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ލަންކާ ކެބިނެޓުން ރުހުން ދީފި

ކަސްޓަމަސްގެ މުވައްޒަފުންގެ ފަރާތުން ސްރީލަންކާއަށް 135,700 ރުފިޔާގެ އެހީއެއް!

ލަންކާގައި ކުރިއަށްގެންދިޔަ ފްލީޓް ރިވިއުގެ ހަރަކާތުގަ ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެ





