logoEN
Sto top
ގޮއިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށްދެއްވުމަށް އެރަށު ކައުންސިލުން ރައީސްގެ އަރިހުގައި އެދެފި

ގޮއިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށްދެއްވުމަށް އެރަށު ކައުންސިލުން ރައީސްގެ އަރިހުގައި އެދެފި

އަހުމަދު ޝުރާއު

logo

10/13/2025, 1:04:29 PM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ގޮއިދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ސްކޫލްގެ އަށް ކްލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ހުއްޓިފައި ގިނަދުވަސްވެފައިވާތީ އެމަސައްކަތް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް ދެއްވުމަށް ކައުންސިލުން އެދިވަޑައިގަތެވެ. މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ދަނޑުވެރިކަން ކުރާ ސަރަހައްދާއި ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ރަށުގެ ތިން ސަރަހައްދަކުން ރަށްގިރަމުންދާކަން ފާހަގަކުރައްވައި، ރަށްގިރުމުގެ މައްސަލަވެސް ހައްލުކޮށްދެއްވުމަށް ގޮއިދޫ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC