
-
ސަރުކާރުން އެލްޖީއާ ހަވާލުކޮށްގެން ޢިމާރާތްކުރި، ށ ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތް ހުލުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ އަތޮޅުގެ ރަށްތަކަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ނޫމަރާ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް އެލްޖީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކައުންސިލް އިދާރާއެކެވެ.
މި ސަަރުކާރުން އެލްޖީއޭ ޕްރޮޖެކްޓްގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް، އާރުސީސީއާ ޙަވާލުކޮށްފައިވާ 55 ކައުންސިލްގެ ތެރޭން ބައެއް ރަށްތަކުގެ މަސައްކަތް ސަބްކޮންޓްރެކްޓަރުންނާ ހަވާލުކުރެވި މިހާރު ވަނީ ޢަމަލީ މަސައްކަތް ފެށިފައިވާ އިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރާ ކައުންސިލްތަކުގެ ފީޒިބިލިޓީ ހެދުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.
ގުޅުންހުރި

ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް ނިންމަވައިފި

މަންދޫ ޒުވާނުންގެ ދައުވަތަކަށް އެރަށަށް ވަޑައިގެން އެރަށު ފުޓްސަލް ދަނޑު ހުޅުވައިދެއްވީ ރައީސް މުއިއްޒު!

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެބޮޑު އަދަބު ލިބޭގޮތަށް ޤާނޫނު އިސްލާހުކުރާނަން!





