
-
ވިހަ މާއްދާ އެކުލެވޭ ކަފް ސިރަޕަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަ ބަޔަކު ހަދާ އެއްޗެއް ނޫން ކަމަށާއި އެކަމަކު އަމިއްލަ ބޭނުމެއްގައި ވެސް އެ ކުންފުނިތަކުގެ ބޭސް ގެންނަ ނަމަ ސަމާލުވާން އެމްއެފްޑީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ ކެއްސާތީ ކުޑަކުދިންނަށް ދޭ ދިޔާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" ހުރެގެން އެ ބޭސް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާކަން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ނެޓްވޯކުން އެލާޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ އެލާޓުގައި ފާހަގަކޮށްފައިވަނީ އެމްއެފްޑީއޭއިން ބޭސް އިމްޕޯޓުކުރުމަށް ހުއްދަ ދީފައިވާ ތިން ކުންފުންޏެއް ނޫން ކަމަށް އިއުލާނުގައިވެ އެވެ. އެހެންވެ، އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބޭސްތައް ރާއްޖެ އިމްޕޯޓުކޮށްފައިނުވާނެ ކަމަށް އެ އޮތޯރިޓީ އިން ވިދާޅުވެއެވެ.
އެމްއެފްޑީއޭއިން ވަނީ އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާއިރު ވެސް މި ކަމަށް ސަމާލުވާން އެދިފަ އެވެ.
އެމްއެފްޑީއޭ އިން ވިދާޅުވި ގޮތުގައި، މިހާރު ގާއިމްކޮށް އަދި ތަންފީޒުކުރާ އެންމެ މުހިއްމު ފިޔަވަޅަކީ ކެއްސުމާއި ރޯގާއަށްދޭ ކުޑަކުދިންގެ ސިރަޕް އެތެރެކުރާއިރު ޑައިތުލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ނުހިމެނޭކަން ކަށަވަރުކޮށްދޭ ލެބޯޓްރީ ތަހުލީލު ރިޕޯޓު ލިބި، ބޭހުގައި އެ ކެމިކަލް ނެތްކަން ކަށަވަރުކުރުމުން ކަމަށެވެ.
އެ އިދާރާއިން ބުނީ މިހާރު ގާއިމްކޮށް އަދި ތަންފީޒުކުރާ އެންމެ މުހިއްމު ފިޔަވަޅަކީ ކެއްސުމާއި ރޯގާއަށްދޭ ކުޑަކުދިންގެ ސިރަޕް އެތެރެކުރާއިރު ޑައިތުލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ނުހިމެނޭކަން ކަށަވަރުކޮށްދޭ ލެބޯޓްރީ ތަހުލީލު ރިޕޯޓު ލިބި، ބޭހުގައި އެ ކެމިކަލް ނެތްކަން ކަށަވަރުކުރުމުން ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން 7200321 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ގުޅުންހުރި

ވިހަ މާއްދާ އެކުލެވޭ ކަމަށް ފާހަގަވި ބޭހަށް ރާއްޖެއިން ހުއްދައެއް ނުދޭ: އެމްއެފްޑީއޭ

އެމްއެފްޑީއޭ އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލައިފި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފު ތާހިރުކަން ކަށަވަރު ކުރުމަށް އެމްއެފްޑީއޭއިން ނުކުންނަނީ
