logoEN
WAMCO TOP 1
ބަރުދަން ލުއިކުރަން ސައްހަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި

ބަރުދަން ލުއިކުރަން ސައްހަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި

# ކާބޯތަކެތި# ބޭސް# އެމްއެފްޑީއޭ

ބޭސްފިހާރަ

ބަރުދަން ލުއިކުރުމަށް ސައްހަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑިއޭ) އިން އިލްތިމާސްކޮށްފި އެވެ.

THE TRAVELLER AD

އެމްއެފްޑިއޭ އިން ބުނީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސަދޭކަމަށް ދޭހަވާގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ، އެއާ ގުޅޭ މައުލުމާތުތައް އެކި ސޯޝަލް މީޑިއާ އެޕްތަކުގައި ދައުރުކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.އެމްއެފްޑީއޭއިން ބުނީ ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މައުލޫމާތު ހިމެނޭގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މަޢުލޫމާތު އޮޅި ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑުމީހުން އަދި ގާތުންކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަންވެސް އެ އޮތޯރިޓީން ފާހަގަކުރި އެވެ.

މީގެއިތުރުން އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މައުލޫމާތު އެކި މަންސަތަކުގައި ޝާއިއުކޮށް ދައުރުކުރުމަކީ އެތޯރިޓީގެ ކާބޯތަކެތި އިސްތިހާކުރުމާބެހށ ގަވައިދުގައި ބަޔންކޮށްފައިވާ ގޮތުން އިސްތިހާރުކުރުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިސްތިހާރުކުރުމަކީ މަނާކަމެއްކަން އެތޯރިޓީން ފާހަގަކުރި އެވެ.

ހަމައެއާއެކު ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިސްތިހާރުކުރުމަކީ މަނާކަމެއްކަމާއި، ގަވައިދ އެއްގޮތަށް އިސްތިހާރުކުރުމަށް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށްވެސް އެމްއެފްޑީއޭއިން އިލްތިމާސްކުރެ އެވެ.

ކޮމެންޓް
ފަހުގެ
HDC